ތައާރަފް
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލަކީ އަމިއްލަ ހައިސިއްޔަތު ލިބިގެން ޝަރުޢީ ކޯޓުތަކުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ޤާނޫނީ ބާރު ލިބިފައިވާ މިނިވަން މުއައްސަސާއެކެވެ.
މި ކައުންސިލްގެ އަމާޒަކީ ދިޔަމިގިލީ ރައްޔިތުންގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ޘަޤާފީ ހަޔާތް ކުރިއަރުވައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.
ކައުންސިލްގެ އެންމެ އިސް ޒިންމާގެ ތެރޭގައި ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގުން ހިމެނެއެވެ. އަދި މި ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ޤަވާޢިދުތަކާއި އުޞޫލުތައް އެކުލަވާލައި ތަންފީޒުކުރުމަކީވެސް ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ވިޝަން
ދިޔަމިގިއްޔަކީ އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުންނާއި ދީނީގޮތުން ހޭލުންތެރި އަދި ޞިއްޙީގޮތުން ދުޅަހެޔޮކަމާއި ރައްކާތެރިކަން ލިބިގެންވާ ކުޑަކުދިންނާއި ބޮޑެތި މީހުން އެކަކު އަނެކަކާ އަޅާލާ އޯގާތެރި އެކުވެރި ބަޔަކު ދިރިއުޅޭ އަދި ދިރިއުޅުމަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތަކެއް ރަށުން ލިބެންހުރި އިޖްތިމާޢީ ގުޅުންބަދަހި ރައްޔިތަކު ދިރިއުޅޭ ރަށަކަށް ހެދުން.
މިޝަން
ފުރިހަމަ ރަށެއްގެ ގޮތުގައި ދިޔަމިގިލި ބިނާކުރުމަށްޓަކައި ދިޔަމިގިލި ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާކަމެއް ރާވައި ހިންގުމަށް މަގުފަހިވާނެ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރުމަކީ މިކައުންސިލްގެ އަމާޒެވެ.