
ޤާނޫނީ ހަމަތަކުގެ ތެރެއިން ވިޔަފާރިތައް ހިންގުން ކަށަވަރުކުރުމުގެ ގޮތުން، ދިޔަމިގިލީގައި ހިންގަމުންދާ ފިހާރަތަކާއި، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ބަލައި، ދެނެގަތުމަށްޓަކައި އޮގަސްޓް މަހުގެ 27 އަދި 30 ވަނަ ދުވަހު ޚާއްޞަ އިންސްޕެކްޝަނެއް ވަނީ ކުރިއަށް ގެންދެވިފައެވެ. މި މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު މުހިންމު ކަންކަން ވިޔަފާރިތަކުގެ ވެރިންނާ ހިއްސާކުރެވި، އެ ކަންކަން އިޞްލާޙުކުރުމަށް ވަނީ އިރުޝާދު ދެވިފައެވެ.
މިފަހަރުގެ އިންސްޕެކްޝަނުން މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނު ކަންތައްތަކަކީ:
*ވިޔަފާރިކުރުމުގެ ހުއްދައާއި، ސާފުތާހިރުކަމުގެ ސެޓުފިކެޓު އާންމުންނަށް ފެންނާނޭހެން ބަހައްޓާފައި ނެތުން.
*ކެއުންބުއިމުގެ ޚިދުމަތްދޭ ތަންތަނުގައި، ތަކެތީގެ އަގު އެނގޭނޭފަދަ މެނޫއެއް ނުވަތަ އަގުލިސްޓެއް އާންމުކޮށްފައި ނެތުން.
ވީމާ، މި ފާހަގަކުރެވުނު ކަންތައްތައް އިޞްލާޙުކޮށް، މިންގަނޑުތަކަށް ފައްތާފައިވޭތޯ ކައުންސިލްގެ ފަރާތުން ބަލަމުންދާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

then 'Add to home screen'
then 'Add to home screen'